އިންޓަނެޓަކީ މިހާރު އާއްމު ދިރިއުޅުމުގައި ކޮންމެހެންވެސް މުހިންމު ޙިދުމަތެކެވެ. އެހެންނަމަވެސް އެކި މީހުން އިންޓަނެޓަ ބޭނުންކުރާވަރު ތަފާތެވެ. އެގޮތުން ބަލާއިރު އުރީދޫ ޕްރީޕެއިޑް ޕޯޓްފޯލިއޯއަކީ މިހާރު މާކެޓްގައި ކޮންމެކަހަލަ ކަސްޓަމަރަކށްވެސް އެންމެ ފުރިހަމަ ޑޭޓާ ޕެކޭޖް ލިބޭނެ ޕްލޭންތަކެވެ.
އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500 ރުފިޔާއަށް ލިބޭއިރު، އާޗާ 600 އިން ދުވާލާކު 4ޖީބީ (600ރ އަށް) އަދި އާޗާ 750 މެދުވެރިކޮށް ދުވާލަކު 5ޖީބީ ޑޭޓާ (750ރ އަށް) ލިބިގެންދެއެވެ. އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާ އަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭން ޑޭޓާ އެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕެލެޓފޯމްތަކާއި، ނެޓްފްލިކްސް، ސޯޝަލް މީޑިއާ، އަދި އޭގެ އިތުރުން ގޭމް ކުޅުމުށާއި، ޑައުންލޯޑްކުރުމަށް އަދި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން ގިނަފަހަރަށް ރީޗާޖް ކުރަން ބޭނުންފުޅު ނުވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން، އެއް ފަހަރު ރީޗާރޖްކޮށްލުމުން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ އާޗާ ޕްރިޕެއިޑް ޕލޭންތަކެއް ވެސް އުރީދޫ އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯގައި 12 މަސް، 6 މަސް އަދި 3 މަހަށް ބަހާލެވިފައިވާ މި ޕްލޭންތަކުން ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އާޗާ ޕްރިޕެއިޑް 3 މަހުގެ ޕްލޭން މެދުވެރިކޮށް 1100ރ އަށް ކޮންމެ މަހަކަށް ދުވާލަކު 2ޖީބީ ޑޭޓާ އާއި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބިގެންދެއެވެ. މީގެ އިތުރުން އާޗާ ޕްރިޕެއިޑް 6 މަހުގެ ޕްލޭން މެދުވެރިކޮށް 1500ރ އަށް ކޮންމެ މަހަކަށް ދުވާލަކު 3ޖީބީ ޑޭޓާ އިތުރުން އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް، އެހެން ނެޓްވޯރކް ގެ ނަންބަރުތަކަށް 50 މިނެޓް ގެ އިތުރުން 100 ލޯކަލް އެސްއެމްއެސް ލިބެއެވެ.
އާޗާ ޕްރިޕއެޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތައް އަދި އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރެވުނު ފުރަތަމަ ޕްރީޕެއިޑް ޕްލޭންތަކެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް އުރީދޫ އެޕަށ http://ore.do/app ޒިޔާރަތްކުރައްވާށެވެ. އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް