އީއައިއޭ ރިޕޯޓު ހުށަނާޅާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނަން: އީޕީއޭ

މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް އެކުލަވާލާ ރިޕޯޓު އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ހުށަނާޅާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ...

14 Jan 2023 | 16:32

މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް އެކުލަވާލާ ރިޕޯޓު އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ހުށަނާޅާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެގޮތުން އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީއައިއޭ ރިޕޯޓު ހުށަނާޅާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން ފަށާނީ އެކެއް ޖަނަވަރީއިން ފެށިގެން ކަމަށެވެ.

އަދި އެކެއް ޖަނަވަރީގެ ކުރިން ދޫކޮށްފައިވާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނީޓަރިންގ ރިޕޯޓް ހުށަހަޅަމުން ނުގެންދާ ފަރާތްތަކުން އެ މޮނިޓަރިންގ ރިޕޯޓްތައް ޝެޑިއުލްއާ އެއްގޮތަށް ހުށަހަޅަން އިލްތިމާސްކޮށް އީޕީއޭއިން ވަނީ މަޝްރޫއުތައް ހިންގާ ހުރިހާ ކުންފުނިތަކުން ވެސް މަޝްރޫއު ފަށާ ތާރީހު އީޕީއޭއަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

އީޕީއޭގެ ނޫސް ބަޔާނުގައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ޤަވާއިދުގެ ދަށުން ހަދަންޖެހޭ އީއައިއޭ ރިޕޯޓް އާއި މޮނީޓަރިންގ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތުގެ ޝެޑިއުލާއި ބަލާނެ ޕެރަމީޓަރސް ހިމަނަންވާނެ ކަމުގައި ބަޔާންކޮށްފައެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މޮނިޓަރިން ރިޕޯޓް ހުށަނާޅާ ނަމަ ޑިއުޑިލިޖަންސް ރިޕޯޓްގެ ބޭނުމަށް އެއެޖެންސީ ހޯދުމަށް އެދޭ މަޢުލޫމާތުގައި އެކަން ބަޔާންކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް