މަސްތުވާތަކެތީގެ މައްސަލައެއްގައި ފޯކައިދޫ ސްކޫލުގެ ޓީޗަރަކާއި އިތުރު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފޯކައިދުއަށް ނިސްބަތްވާ ކޮމިއުނިޓީ ނޫހެއްކަމުގައިވާ ފޯކައިދޫ އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ މިއަދު ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ. ޓީޗަރަކީ 47 އަހަރުގެ މީހާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ މައްސަލައެއްގައެވެ.
މިކަމުގައި ދިވެހި ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް