ދުނިޔެ ތާލިބާނުންނާ ނުރުހިފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ތެޔޮ ކުންފުންޏަކުން އަފްޣާނިސްތާނާއެކު އެއްބަސްވުމަކަށް

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވިފަހުން ހިންގަމުން އަންނަ ނޭއްގާނީ ކަންކަމާއި ހެދި މުޅި ދުނިޔެ ތާލިބާނުންނާއި ނުރުހިފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ތެޔޮ ކުންފުންޏަކުން އަފްޣާނިސްތާނާއެކު...

14 Jan 2023 | 15:51

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވިފަހުން ހިންގަމުން އަންނަ ނޭއްގާނީ ކަންކަމާއި ހެދި މުޅި ދުނިޔެ ތާލިބާނުންނާއި ނުރުހިފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ތެޔޮ ކުންފުންޏަކުން އަފްޣާނިސްތާނާއެކު ވަރުގަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޗައިނާގެ ޒިއާންޖިންގަށް ނިސްބަތްވާ އޭސިއާ ޕެޓްރޯލިއަމް އެންޑް ގޭސް ކޮމްޕެނީން އަފްޣާނިސްތާނާއެކު ސޮއިކޮށްފައިވަނީ ކުރިއަށް އޮތް 25 އަހަރަށް، އަފްޣާނިސްތާނުގެ އަމޫ ދަރްޔާ ބޭސިން އިން ތެޔޮ ނެގުމުގެ އެއްބަސްވުމެއްގައެވެ.

ޗައިނާ ބޮޑު ކުންފުންޏަކުން މި އެއްބަސްވުމުގައި ސޮއި ކުރުމުން އޭސިއާ ސަރަހައްދުގައި މިކަމަށް ބައެއް ގައުމުތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޗައިނާގެ ކުންފުންޏަކުން މިގޮތަށް އަމަލު ކުރުމަކީ ތާލިބާނުންނަށް ހިތްވަރު ދިނުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ހަމަ އެކަނި އެ ގައުމުގައި ރަނގަޅުވި ކަމަކީ ދާހިލީ ހަނގުރާމައަށް ނިމުމެއް އައުންކަމުގައި ދަ އޭސިއާ ފައުންޑޭޝަން އިން އަންގާރަ ދުވަހު ނެރުނު "ދަ ފިއުޗާ ފޯކާސްޓް: އޭސިއާ އިން 2023" ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާގޮތުގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިފަހުން އެ ގައުމުގެ އާއްމު ހާލަތު ވަނީ ދަށަށް ގޮސްފައެވެ. ފަގީރުކަމުގެ ނިސްބަތް ވަނީ މައްޗަށް ގޮސްފައެވެ. އިކޮނޮމީ ވަނީ ފުނޑުމާއި ގާތްވެފައެވެ. ވަޒީފާގެ ދަތިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް