ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭ ވަރުގެ ނަންބަރެއް އެމްޑީޕީއަކު ނެތް: ރައީސް ޞާލިހް

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭ ވަރުގެ ނަންބަރެއް އެމްޑީޕީއަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއ...

14 Jan 2023 | 14:58

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭ ވަރުގެ ނަންބަރެއް އެމްޑީޕީއަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އައްޑޫ ސިޓީ މަރަދޫއަށް ވަޑައިގެން މަރަދޫގައި އެ މަނިކުފާނުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅު ގައެވެ.

އެމްޑީޕީއަކީ ބޮޑު ޕާޓީއެއް ކަން ފާހަގަ ކުރައްވާ ރައީސް ޞާލިހް ވިދާޅުވީ، ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެހެން ބައެއްގެ ތާއީދާއި އެހީއާ އެކުގައި ކަމަށެވެ.

އަދި މިކަން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ވެސް ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މިގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލިގެން ދިޔައީ އެންމެ 5،600 ވޯޓުން ކަމަށާއި ޕާޓީގައި އޭރުގައި ތިބި 41،000 މެންބަރުން ވޯޓު ދީފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެއް ލައްކަ ފަސް ހާސް މީހުން މަގުމަތިވެ، 2013 އިން ފެށިގެން 2018 އަށް އުޅެން ޖެހުނު ބިރުވެރިކަމާއި ނާމާންކަން މިއަދު ވެސް ހިތަކުން ފިލައިގެން ނުދާކަމަށާއި އެ ދަތި ދަނޑިވަޅުގައި އެ އަނިޔާ ތަހަންމަލު ކުރި ވަރަށް ގިނަ ބޭފުޅުން އައްޑޫ އާއި މަރަދޫގައި ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް