މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ހޯދިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒްއެވެ.
މި ޒުވާނާ ހަބަރެއް ނުވެގެން އައިލާއިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ގެއްލިގެން ހޯދާތާ 4 ދުވަސް ފަހުންނެވެ.
އަދި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާ ހަބަރެއް ނުވެގެން އާއްމުކޮށް އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ހަސަން ރަމީޒް ގެއްލިގެން އާއްމުކޮށް އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ އާއިލާއާ އޭނާ ގުޅިފައިވާކަމުގެ އިތުރުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް