ޗައިނާގެ ޝަންހާއީ ސިޓީގެ ހޮޓަލަކަށް ގެއްލުންދިނުމުގެ ގޮތުން ގަސްދުގައި އެތަނުގެ ލޮބީ ތެރޭގައި ކާރު ދުއްވި މީހަކު ހައްޔަރު ކޮށްފި އެވެ.
މިހާދިސާ ހިންގާފައިވަނީ ކާރު ދުއްވި މީހާގެ ލެޕްޓޮޕް ހޮޓަލުގެ ތެރޭގައި ގެއްލުމުންނެވެ މި ހާދިސާ ހިނގުމުގެ ކުރިން އެމީހާ އާއި ހޮޓެލްގެ މުވައްޒަފަކާއި ދެމެދު ވަނީ ދެބަސްވުންތަކެއް ހިނގާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ލޮބީ ތެރޭގައި ކާރު ދުއްވީ މުވައްޒަފު ދެކެ ރުޅި އައިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މިހާދިސާ ހިންގާފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. ބީބީސީއިން އާއްމުކޮށްފައިވާ ވީޑިއޯގައި ހޮޓެލުގެ ލޮބޯގެ ތެރެއަށް ކާރު ވައްދައި މުޅި ލޮބީގައި ދުއްވާ މަންޒަރު ފެނިގެންދެއެވެ. އަދި އޭރު ހާޒިރުވެ ތިބި މުވައްޒަފުންތައް ކާރާއި ދިމާއަށް އަންނަ މަންޒަރުވެސް ފެނިގެންދިޔައެެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ތިބި އެހޮޓަލުގެ އިތުރު ކަސްޓަމަރުން ކާރުން ދުރަށް ދުވި މަންޒަރުވެސްވެއެވެ.
އެހެންނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގައިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުކަމަށާއި އޭނާ މިހަާރު ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގެ ޙަބަރުތައް ބުނެއެވެ. އަދި މި މީހާގެ އަމަލުން ހޮޓަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވެއެވެ.
ޒާތުގައި އެފަދަ ރުޅިވެރިކަމުގެ ސިފަ ހުންނަ ކަސްޓަމަރުންގެ ފަރާތުން މުވައްޒަފުންނަށް ބުނެވޭ ބަހެއްގެ ސަބަބުން ބަދަލުހިފުމުގެ ރޫހުގައި ބޮޑެތި ގެއްލުންތައްދޭތަން މަދުން ނަމަވެސް ފެނެއެވެ.
ބޭނުންވާ އުސޫލުން ކަން ނުހިނގުމުން ހިތްހަމަނުޖެހި ވަގުތުންޝަކުވާކުރުން ފަދަ ކަންކަމަކީ ބައެއް ފަރާތްތަކުގެ އާއްމު އުސޫލެވެ. މިފަދަ ކަންކަން މުޖުތަމައުތަކުގައި ހުެްޓުވުމަށްޓަކައި އަނެކުންގެ އިހުސާސްތައް ދަނެ ކެތްތެރިވެ ރީތި ގޮތުގައި މައްސަލަހައްލުކުރުމަކީ އެންމެ އެދެވިގެންވާނެ ގޮތެވެ. އަދި ޝަންގާއީގެ މިހާދިސާފަަދަ ހާލަތްތައް މެދުވެރިނުވުމަށް މަގުދައްކަދޭނެ ގޮތްވެސްމެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް