ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅުވައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަނެއްކާވެސް ނުސީދާ ބަސްތަކެއް އަމާޒު ކުރައްވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ28 ވަނަ ދުވަހު އެވެ. އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު ދޭތެރެ ދޭތެރެއިން އިމްރާން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ނުސީދާ ޓުވީޓުތަކެއް ކުރައްވަމުންނެވެ.
މިއަދު އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންތިހާބެއްގައި ކާމިޔާބު ހޯދުމަށް ވާދަވެރި، އަދާވާތްތެރިންނާއި ވާދަ ކުރުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު ކާމިޔާބެއް ލިބުނު ކަމަށްވާނީ އޭރުން ކަމަށެވެ.
އިމްރާން ވިދާޅުވީ ފޮނިކަން އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަ ކޮށްލައިގެން ކާމިޔާބު ލިބުނީމައި ކަމަށެވެ.
https://twitter.com/ShimranAb/status/1614107673569656832
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް