އައްޑޫ ސިޓީ ފޭދޫގައި ޢިމާރާތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އައު ސްކޫލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑރ. އައިޝަތު އަލީ ވިދާޅުވީ، ހެޔޮ އިރުވަރެއްގައި ވަރަށް އަވަހަށް އެ ސްކޫލްގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އަދި ފޭދޫގައި އަލަށް ހަދާ ސްކޫލުގައި ލެބޯޓަރީތަކާއި މެސް ރޫމްތަކާއި ނާސަރީތަކާއި ކުޅިވަރުކުޅޭނެ ތަންތަން ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
ފޭދޫ ސްކޫލަކީ 600 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ، ނާސަރީން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް