ފީފާގެ ބެސްޓް އެވޯޑްސް އިން ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަން ޝޯޓް ލިސްޓު ކޮށްފިއެވެ.
ފީފާ އިން ބެސްޓް އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ޝޯޓްލިސްޓްކޮށް އިއުލާން ކުރިއިރު، މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލިއޮނެލް މެސީ، ކީލިއަން އެމްބާޕޭ، ހޫލިއަން އަލްވަރޭޒް، ޖޫޑް ބެލިންހަމް، ކަރިމް ބެންޒެމާ، ކެވިން ޑިބްރޭނާ، އާލިން ބްރައުޓް ހާލަންޑް، އަޝްރަފް ހަކީމީ، ރޮބަޓް ލެވަންޑޯސްކީ، ސަޑިއޯ މާނޭ، ލޫކަ މޮޑްރިޗް، ނޭމާ، މުހައްމަދު ސަލާހު އަދި ވިނީޝިއުސް ޖޫނިއާ އެވެ.
މީގެ އިތުރުން ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ޝޯޓްލިސްޓު ކޮށްފައިވަނީ، އައިޓާނާ ބޯންމާޓީ، ޑެބީނިއާ، ޖެސީ ފްލެމިން، އެޑާ ހެގަބާގް، ސޭމް ކާ، ބެތު މެޑް، ވިވިއެން މިއެޑަމާ، އަލެކްސް މޯގަން، ލެނާ އޮބެޑޯފް، އަލެކްސަންޑްރާ ޕޮޕް، އަލެކްސިއާ ޕުޓޭއާސް، ވެންޑީ ރެނާޑް، ކިއެރާ ވަލްޝް އަދި ލެއާ ވިލިއަމްސަން އެވެ.
އަދި ފީފާ ބެސްޓް އެވޯޑަށް ވާދަކުރާ ކޯޗުންގެ ތެރޭގައި ހިމެނެނީ ކާލޯ އަންޗެލޮޓީ، ޑިޑިއޭ ޑެޝޯމްޕްސް، ޕެޕް ގާޑިއޯލާ، ވަލީދު ރެގްރާގީ އަދި ލިއޮނަލް ސްކަލޯނީ އެވެ.
އަދި މި އެވޯޑަށް ވާދަކުރާ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ އެލިސަން ބެކާ، ޔާސީން ބޯނޯ، ތިބޯ ކޯޓުއާ، އެޑަސަން މޮރާއޭސް އަދި އެމިިލިއާނޯ މާޓީނޭޒް އެވެ.
އަދި އެންމެ މޮޅު އަންހެން ގޯލް ކީޕަރުންނަށް ވާދަކުރަނީ އެން ކެޓްރިން ބާގާ، މެރީ އެއަޕްސް، ކްރިސްޓިއަން އެންޑްލަރ، މާލީ ފްރޮމްސް، އެލިއްސާ ނެހާ، ސަންޑްރާ ޕާނޯސްއެވެ.
ފީފާ ބެސްޓް އެވޯޑް ދިނުމަށް ބާއްވާ ޚާއްޞަ ހަފްލާ އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ.
އެންމެ ފަހުން މި އެވޯޑް ހޯދާފައިވަނީ ރޮބްޓް ލެވެންޑޯސްކީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް