ކޮވިޑު ކޭސްތަކުގެ އަދަދު މިއަދު ހާހަކާ ގާތަށް

ރާއްޖޭގައި ކޮވިޑުގެ ކޭސްތަކުގެ އަދަދު އެއް ދުވަހެއްގެ ޑާޓާއަށް ބަލާއިރު ހާހަކާ ގާތްކޮށްފިއެވެ. މިގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ...

14 Jan 2022 | 18:21

ރާއްޖޭގައި ކޮވިޑުގެ ކޭސްތަކުގެ އަދަދު އެއް ދުވަހެއްގެ ޑާޓާއަށް ބަލާއިރު ހާހަކާ ގާތްކޮށްފިއެވެ.

މިގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 967 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުތަކަށް ބަލާ އިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 290 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 475 މީހަކާއި ރިސޯޓްތަކުން 87 މީހަކާއި ސަފާރީތަކުން ވަނީ 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު 101،418 އަށް އެރީއެވެ. އަދި މިއާއެކު ކޮވިޑު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދު ވެސް އިތުރުވެފައިވާ އިރު، މިވަގުތު 5،881 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެތެރެއިން 22 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރު 203 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މުޅިއެކު 95،259 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،505 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން މި ބަލީގައި މިހާތަނަށް 265 މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް