ރައީސް ޔާމީން ވިދާޅުވަނީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށް

މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ށ. ފުނަދޫއަށް އިންޑިއާ އައުޓް ހަރަކާތާއެ...

14 Jan 2022 | 18:09

މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ށ. ފުނަދޫއަށް އިންޑިއާ އައުޓް ހަރަކާތާއެކު ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށާއި މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތު ކަމަށެވެ. އަދި މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތައް (ވައި) ކޮށްފައިވާ ކަމަށާއި އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ، ސަރުކާރާ ގާތް ކުންފުނިތަކަށް ދޭކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެ ކަމަށެވެ.

"އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމެއް. އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނާ މައްސަލަ ނެތް. މައްސަލަަ އޮތީ އިންޑިއާ ސަރުކާރާ. ރާއްޖޭގައި އިންޑިއާގެ ނުފޫޒް ނެތް އެއްވެސް ކަމެއްނެތް. ރައްޔިތުންގެ ފޯނު ކޯލު ވެސް އަޑު ނާހާކަން ނޭނގޭ. މިސަރުކާރު މިއޮތީ އެހާ ދަށް ފެންވަރެއްގަ." ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް