ށ. ކޮމަންޑުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޅާ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފެވެ.
މި މަސައްކަތުގައި އެރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތް ހިމެނޭއިރު، މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.
އެމްޓީސީސީ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާތައް ވަނީ އަދާކޮށްފައެވެ.
އެ ކުްނފުނީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު ވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީހާވެސް އަވަހަކާށް ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި ޔޫތް މިނިސްޓްރީއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް