ރަންގްނިކް އެންމެ ފަހުން ގޮތް ދޫކޮށްފި، ކުރިޔަށް ހުރި މެޗުތަކުގައި ޔުނައިޓެޑް ދެން ކުޅޭނީ ފޯ ތްރީ ތްރީ ފޯމޭޝަނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ދެން ކުރިޔަށް ހުރި ހުރިހާ މެޗުތަކެއްގައި ވެސް ކުޅޭނީ އެ ކުލަބުގެ ރަސްމީ ފޯމޭޝަން 3-3-4 އަށް ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ. ހޮނ...

14 Jan 2022 | 16:26

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ދެން ކުރިޔަށް ހުރި ހުރިހާ މެޗުތަކެއްގައި ވެސް ކުޅޭނީ އެ ކުލަބުގެ ރަސްމީ ފޯމޭޝަން 3-3-4 އަށް ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރަންގްނިކް ބުނީ އޭނާ ހަވާލުވެ މިހާތަނަށް ޔުނައިޓެޑް ކުޅެމުން އައީ އޭނާގެ އަމިއްލަ ފޯމޭޝަން 2-2-2-4 އަށް ކަމަށާއި ނަމަވެސް އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅޭ މެޗުން ފެށިގެން ބޭނުން ކުރާނީ ޔުނައިޓެޑުގެ ރަސްމީ ފޯމޭޝަން 3-3-4 އަށް ކަމަށެވެ. އަދި އެގޮތަށް އޭނާގެ ނިންމުން ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ކުލަބުގެ ކުޅުންތެރިންގެ ހިންހަމަ ނުޖެހުން އޮތުމާއި އެކު ކުލަބުގެ މެނޭޖްމަންޓުގެ ވެސް އެދުމުގެ މަތިންކަމަށެވެ.

" މި ސީޒަނުގައި ދެން ޔުނައިޓެޑް 2-2-2-4 ފޯމޭޝަނެއް ގައި ނުކުޅޭނެ. އެކަން އެގޮތަށް ކުރަން ނިންމީ ކުޅުންތެރިންނާއި ކުލަބުގެ މެނޭޖެމްނަޓުން ވެސް ބޭނުން ނުވާތީ. ދެން ކުރިޔަށް ހުރި ހުރިހާ މެޗެއް ވެސް ޔުނައިޓެޑް ކުޅޭނީ އެ ކުލަބުގެ ރަސްމީ ފޯމޭޝަން 3-3-4 ފޯމޭޝަންގަ." ރަންގްނިކް ބުންޏެވެ.

އިތުރަށް ރަންގްނިކް ބުނީ އޭނާ ބޭނުންވާ ބަދަލުތައް ގެނެސްގެން ބޭނުންވާ ކަންކަން ކުރަން އަދިވެސް އިތުރަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް މި ހާރު މިސީޒަނަށް ބަލާއިރު، އެކަން އެގޮތަށް ކުރަން ވަރަށް ވަގުތު ކުޑަކަމަށެވެ. އެހެން ކަމުން އެ ވިސްނުން ދޫކޮށް މިހާރު ވިސްނުން ހުރީ ފޯމޭޝަން ބަދަލުކޮށްގެން ވެސް ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާ މޮޅުވުމަށް ކަމަށެވެ.

އަދި ރަންގްނިކް އިތުރަށް ބުނީ ޓީމުގައި ފުރަތަމަ އެގާރައިގައި ހިމަންނަ ޖެހޭ ފެންވަރުގެ މޮޅު ހުނަރުވެރި އެތައްް ކުޅުންތެރިންތަކަކަށް އޭނާ މިހާރު ބޭނުން ކުރަމުން އަންނަ ފޯމޭޝަންގައި ކުޅެގެން ފުރުސަތު ލިބުން ދަތިކަމަސާއި އެހެން ނަމަވެސް 3-3-4 ފޯމޭޝަން އަށް ބަދަލުކުރުމުން އެ ކުޅުންތެރިންނަށް ވެސްފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުގެ ފުރުސަތު ބޮޑުވާނޭ ކަމަށެވެ. އެގޮތުން އެ ފޯމޭޝަންއަށް ކުޅޭއިރު، އެއް ހޯލްޑިން މިޑްފީލްޑަރާއި ދެ ސެންޓްރަލް މިޑްފީލްޑަރުން ބޭނުން ކުރެވޭނެ ކަމަށާއި އެގޮތުން  މެޗުގެ ފުރިހަމަ ކޮންޓްރޯލް ލިބުމުގެ ފުރުސަތު އިތުރަށް ބޮޑުވެ ރަނގަޅު އެޓޭކިންއެއްވެސް އުފައްދަން މަގުފަހިވެގެން ދާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް