ކުޑަކުއްޖެއްގެ އަމުރު މެހެމާނުންނަށް: މަންމަ ބަދިގޭން ނުނިކުންނަތާ އެއްދުވަސް - ކަންޏާ ކައިގެން އެންމެން ދޭ !

މިއީ މިދިޔަ ހަފްތާގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ވައިރަލްވި މަޖާ ވީޑިއޯއެއްގެ ވާހަކައެކެވެ. ފެންނަނީ ބަޔަކު ކެއުމަކަށް އަރާ ތިބޭ ތަނެވެ. ދެން ފެންނަނީ ކުޑަ ދެ ފިރިހެން ކުއްޖަކު ކާއެއްޗެހި ގެނެސް އަ...

14 Jan 2022 | 13:59

މިއީ މިދިޔަ ހަފްތާގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ވައިރަލްވި މަޖާ ވީޑިއޯއެއްގެ ވާހަކައެކެވެ.

ފެންނަނީ ބަޔަކު ކެއުމަކަށް އަރާ ތިބޭ ތަނެވެ. ދެން ފެންނަނީ ކުޑަ ދެ ފިރިހެން ކުއްޖަކު ކާއެއްޗެހި ގެނެސް އަތުރާ ތަނެވެ.

އެ ކުދިންގެ ބައްޕަ އެ ކުދިންގާތު މިއީ މެހެމާނުން ކަމަށް ބުނެއެވެ. އެ މެހެމާނުންވެސް އާނއެކޭ ބުނާފަދަ ގޮތަކަށް ވާހަކަ ދައްކައެވެ.

އެވަގުތު އެންމެ ހަގަށް ހުރި ކުއްޖާ ރުޅި އައިސްފައި ތިޔަތާނގައި އެއްވެސް މެހެމާނެއް ނެތްކަމަށް ބުންޏެވެ. އެ ކުއްޖާ އެހެން ބުނީ ކީއްވެތޯ ހެމުން ހެމުން އެ ކުއްޖާގެ ބައްޕަ އެހުމުން އެެ ކުއްޖާ ބުނަނީ އެންމެނަށް ކައްކަން މަންމަ ބަދިގޭން ނުނިކުންނަތާ މިހާރު އެއްދުވަސް ވަނީ ކަމަށެވެ. އެއަށްފަހު އަމުރުވެރި ގޮތަކަށް އެ ކުއްޖާ ބުނަނީ ކަންޏާ ކައިގެން އެންމެން ދިއުމަށެވެ.

https://twitter.com/worded_woman/status/1479259545952206850?ref_src=twsrc%5Etfw

މި ވީޑިއޯ ވައިރަލްވެފައިވާއިރު، މި ވީޑިއޯއަށް ކޮމެންޓްކުރާ ގިނަ މީހުން ބުނަނީ ވީޑިއޯއިން ފެންނަނީ އެ ކުޑަކުއްޖާގެ ހިތުގައި މަންމައަށް އޮތް ލޯތްބާއި ގަދަރުކަމަށެެވެ. ކޮންމެ މަންމައަކުވެސް އެހަކަހަލަ ލޯބި ލޯބި ދަރިއަކު ބޭނުންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް