ދުނިޔެވީ ކަންކަން ހާސިލް ކުރުމުން ދުރުވެ ހުކުރު ނަމާދު އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދުނިޔެވީ ކަންކަން ހާސިލް ކުރުމުން ދުރުވެ ހުކުރު ނަމާދު އިސްކުރުމަށް މިއަދުގެ ހުކުރު ޚުތަުބާގައި ނަސޭހަތްތެރިވެއްޖެއެވެ. "ހުކުރު ދުވަހުގެ މާތްކަމުގެ މައްޗަށް" ތައްޔާރުކޮށްފައިވާ ޚުތުބާގައި ވަނީ ހުކުރު ...

14 Jan 2022 | 13:56

ދުނިޔެވީ ކަންކަން ހާސިލް ކުރުމުން ދުރުވެ ހުކުރު ނަމާދު އިސްކުރުމަށް މިއަދުގެ ހުކުރު ޚުތަުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

"ހުކުރު ދުވަހުގެ މާތްކަމުގެ މައްޗަށް" ތައްޔާރުކޮށްފައިވާ ޚުތުބާގައި ވަނީ ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއް ވާ ދުވަހެއްކަން ހަނދާންކޮށްދީ ހުކުރު ދުވަހުގެ ހެޔޮ ނަސީބު ލިބި ގަތުމަށް ނަސޭހަތް ތެރިވެފައެވެ.

"ހުކުރު ދުވަހު ދުޢާ އިޖާބަ ކުރައްވާނެ ވަގުތަަކީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައި ވެސް ރިވާވެގެންވޭ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައި ވެސް އައިސްފައިވޭ." ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން، ހުކުރު ދުވަހު، މާތް ﷲ މިންވަރު ކުރައްވާފައިވާ، މި މަތިވެރި ވަގުތުތަކުގައި، އެކި އެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާކުރުން އިތުރު ކުރުމަށް ޚބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.

މީގެ އިތުރުން ހުކުރު ދަމާދަށް ޚާއްސަ ސަމާލުކަން ދިނުމަށާއި، ހުކުރު ދުވަހުގެ ޚުތުބާއަށާއި ނަމާދަށް ފަރުވާތެރިވުމަށް ވެސް ވަނީ ނަސޭހަތް ތެރިވެފައެވެ. އަދި ހުކުރު ވަގުތުގައި މަސައްކަތުގައި މަޝްޢޫލުވެ ނޫޅުމަށާއި، ދުނިޔެވީ ކަންކަން ހާސިލް ކުރުމުން ދުރުވެ ހުކުރު ނަމާދު އިސްކުރުމަށް ވެސް ވަނީ ނަސޭހަތް ތެރިވެފައެވެ.

އިމާމާ ޚުޠުބާ ކިޔަމުން ދާއިރު ޖަމާޢަތަށް ޙާޟިރުވެ ތިބި މީހުން، އެ ޚުޠުބާ އަޑުއެހުމަށް ސަމާލުކަން ދޭންޖެހޭ މިންވަރާއި، އެކަމަކީ އޭނާގެ ހުކުރު ނަމާދު ފުރިހަމަވުމަށް ލާޒިމު ކުރާ ކަމެއް ކަމެއްކަމަށާއި ޚުޠުބާ އަޑުއަހާ ފަރާތްތަކުގެ ވިސްނުމުގައި ހުންނަންޖެހޭ ކަމަކީ، އެ ޚުޠުބާއިން ޤަޞްދު ކުރެވޭ ފަރާތަކީ ތިމާ ނުވަތަ ތިމާމެން ކަމަށް ބަލައި، ޚުޠުބާގައި ދެވޭ އިރުޝާދުތައް ލިބިގަތުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ބުނީ ކަންމިހެން ހުރިއިރު ހިތާމަކުރަން ޖެހޭ ކަމަކީ، މިއަދު މި ދިވެހި މުޖުތަމަޢުގައި، ދިރިއުޅޭ ބައެއް ފަރުދުން މިފަދަ ކަންކަމާ އެއްވެސް ސަމާލުކަމެއް ނުބަހައްޓާކަން ކަމަށެވެ. އަދި ޝަރުޢީ އެއްވެސް ޢުޛުރަކާ ނުލައި، ހުކުރު ނަމާދަށް އައުމުގައި ފަރުވާކުޑަ ކުރުމާއި، ހުކުރު އަޅާފައި ދަތުރު ދިޔުމާއި، މިނޫން ވެސް ތަފާތު ކަންކަމުގައި މަޝްޣޫލުވެ ތިބޭކަން ކަމަށެވެ.

މަޤުބޫލު ޢުޛުރަކާ ނުލައި، ހުކުރަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް