މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗަކަށް މިވަގުތު ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެ ހުރި މައުރިސިއޯ ޕޮޗެޓީނޯ ގެނައުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އަންނަ ސީޒަނަށް ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވަން ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ފްރާންސްގެ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުގެ ކޯޗުކަމުގައި މިވަގުތު ހުރި ވަގުތީ ކޯޗު ރަލްފް ރަންގްނިކްގެ ބަދަލުގައި އެ މަޤާމަށް ޕޮޗެޓީނޯ ގެނައުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މިހާރު މިކަމާ ބެހޭގޮތުން ޕޮޗެޓީނޯ އާއި ވާހަކަވެސް ދައްކާފައިކަމަށް ރިޕޯޓުތަކުން ނުބެއެވެ.
ފްރާންސްގެ ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި ޕީއެސްޖީގެ މިހާރުގެ ކޯޗު ޕޮޗެޓީނޯ އަކީ ޕީއެސްޖީގެ ވެރިމީހާ ނާސިރް އަލް ޚެލައިފީ މާ ގަޔާވާ ކޯޗެއް ނޫންނެވެ. އެގޮތުން އޭނާގެ ޓެކްޓިކްސް ޕްލޭން ތަކާއި އޭނާގެ އިޜުޝާދުގެ ދަށުން ޕީއެސްޖީ ނެރެމުން އަންނަ ނަތީޖާތަކަކީ ވެސް ޕީއެސްޖީގެ ވެރިޔާ އެހާ ހިތްހަމަ ޖެހޭ ނަތީޖާތަކަކަށް ނުވެއެވެ. އެހެން ކަމުން މި ފަހަރުގެ ސީޒަނަށް ފަހު ޕޮޗެޓީނޯ މަޤާމުން ދުރުކޮށް އެ މަޤާމަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ހަމަޖައްސަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގައެވެ. އޭނާ ޕީއެސްޖީގެ ކޯޗުކަމާއި އެ އަހަރު ހަވާލުވީ އޭގެ ކުރިން ކޯޗެއްގެ ގޮތުގައި އިޜުޝާދު ދެމުން އައި އިނގިރޭސި ކުލަބު ޓޮޓެންހަމުން ނެރެމުން އައި ދައް ނަތީޖާތަކުގެ ސަސަބުން އެކުލަބުގެ ކޯޗުކަމުން އޭނާ ވަކިކުރުމާއި ގުޅިގެންނެވެ. ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވި ނަމަވެސް އެޓީމަށް މިހާތަނަށް މާ އެދެވޭ ކާމިޔާބީތަކެއް ހޯދައިދެވިފައެއް ނުވެއެވެ.
އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައިވެސް ޕޮޗެޓީނޯގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީން ފްރެންޗް ލީގު ނިންމާލީ ދެވަނާގައި އޮވެއެވެ. އަދި އެ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުން އެޓީމު ވަނީ ސެމީއާއި ހަމައިން ކަޓާފައެވެ.
ޕޮވެޓީނޯ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖުލައިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި ސީޒަނަށް ފަހު ޕީއެސްޖީގެ ކޯޗުކަމުގެ މަޤާމުން އޭނާ ވަކިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް