ދެކޮމަންޑޫ ގުޅާލާއިރު، ވައުދު ލިސްޓުގައި އޮތް ކަލައިދޫ ދަނބިދޫ ކޯޒްވޭ ލަސްވާތީ މުޒާހަރާއަށް

ބައިއިލެކްޝަނާ ދިމާކޮށް ދެކޮމަންޑޫ ގުޅާލުން ބާރު ސްޕީޑްގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ލިސްޓުގައި އޮތް، ކަލައިދޫ ދަނބިދޫ ކޯޒްވޭ ލަސްވާ...

14 Jan 2022 | 13:40

ބައިއިލެކްޝަނާ ދިމާކޮށް ދެކޮމަންޑޫ ގުޅާލުން ބާރު ސްޕީޑްގައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ލިސްޓުގައި އޮތް، ކަލައިދޫ ދަނބިދޫ ކޯޒްވޭ ލަސްވާތީ ކަލައިދޫ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

މި މުޒާހަރާގައި ރައްޔިތުންވަނީ އެ ރައްޔިތުންގެ ކަންބޮޑުވުންތައް ކަރުދާސްތަކުގައި ލިޔެ ފާޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއަކު ދުވަހަށް މައުލޫމާތުދެމުން ބުނީ ދަނބިދުއާއި ކަލައިދޫ ގުޅާލަދޭ ކޯޒްވޭގެ މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމުގައިވާއިރު އެކަން ލަސްވާތީ އިންތިހާއަށް ކަންބޮޑުވާކަމަށެވެ.

ރައްޔިތުން ތިބީ އެކަން ފަށާނެ ދުވަހެއްގެ އިންތިޒާރުގައި ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް