މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ދަންފަޅިތައް ކުރުވާނެ: އެޑިއުކޭޝަން

ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާއިރު މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ކިޔެވުން ކުރިއަށްގެންދާއިރު ގެންނާނެ ބަދަލުތަކެއް އެޑިއުކޭޝަން މި...

14 Jan 2022 | 11:13

ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާއިރު މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ކިޔެވުން ކުރިއަށްގެންދާއިރު ގެންނާނެ ބަދަލުތަކެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދަންފަޅިތައް ކުރުވާނެކަމަށާއި ގްރޭޑް އެކަކުން އަށަކަށް ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިވާނޭހެން ޓައިމްޓޭބަލް ރާވަންޖެހޭނެ ކަމަށެވެ.

އެއިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑު ހަލުވިކަމާއެކު ފެތުރެމުންދާތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ދަނީ އަންގަމުން ކަމަށާއި އެހެންކަމުން ދެވަނަ ޓާމުގެ ކިޔަވައިދިނުން ސްކޫލުތަކުގައި ފަށާއިރު މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ކިޔެވުން ކުރިއަށް ގެންދިއުމުގައި ބަދަލުތަކެއް ގެނެސްފައިވާނެކަމަށެވެ.

އެގޮތުން ސްކޫލު ހުރިހާ ހަރަކާތްތަކެއްގައިވެސް ގައިދުރުކަން ދެމެހެއްޓުން، ހުންބެލުން، ސެނަޓައިޒްކުރުން، އަތް ދޮވުން، ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރުކުރުން، ތިންފޫޓު ދުރުމިން ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ނުހިންގުމާއި އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކުރުމަށްވެސް އެދިފައިވެއެވެ.

އެޑިއުކޭޝަނުން ބުނެފައިވަނީ ވަކި ސްކޫލްތަކުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް އެ ސްކޫލަކުން ބެލެނިވެެރިންނާ ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް