ބޮލީވުޑް ބަތޮލާ ރާއްޖެ ކުރި ޗުއްޓީ ދަތުރު ނިންމާލުމަށްފަހު މިހާރު ފުރައިފިކަމަށް ބެލެވިއްޖެއެވެ.
މިގޮތަށް ބެލެެވެނީ ސަނީ އެންމެ ފަހުން އަޕްލޯޑްކުރި އެއް ވީޑިއޯގައި ބުނެފައިވާ މެސެޖުންނެވެ.
ވެލަޔަކާއެކު ފީނާ މަންޒަރު ފެންނަ، ހިތްގައިމު އެ ވީޑިއޯގެ ކެޕްޝަންގައި ސަނީ ބުނެފައިވަނީ އުފާވެރިކަން ހާމަކޮށްދޭނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ.
އެއަށްފަހު ބުނެފައިވަނީ ހުރިހާކަމަކަށްވެސް ޝުކުރުއަދާކުރާކަމަށާއި ދިމާވާނެކަމުގެ އުންމީދުގައި ވަކިވެލާކަމަށެވެ. ބެލެވޭ ގޮތުގައި އެބުނީ ޗުއްޓީ ނިންމާލި ވާހަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް