ދިރާގުގެ އިލްތިމާސަކީ މި ހާލަތުގައި އޮންލައިންކޮށް ހިދުމަތް ހޯދުން

ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ދިރާގުގެ ޚި...

14 Jan 2022 | 09:34

ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ދިރާގުގެ ޚިދުމަތްތައް ހޯދެއްވުމަށް ދިރާގު "މައިއެކައުންޓް" ، ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.

އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، އަދި ދިރާގުގެ އެކި  ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. ހަމައެހެންމެ ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުންފަދަ ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

މީގެ އިތުރުން މުޅިން އަލައް ދިރާގުގެ ޚިދުމަތަކަށް އެދި  ކަސްޓަމަރުން މެއިލް އަށް އީމައިލް  ކުރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭނެއެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސް ކުރަމެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅާ އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ.

ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް