ޗައިނާގެ ޒެންގޫ ސިޓީގައި ބްލައިންޑް ޑޭޓަކަށް ދިޔަ އަންހަނަކު ޑޭޓަށް ދިޔަތަނުން އެ ސަރަހައްދު ލޮކްޑައުން އިއުލާނުކުރުމުން ޑޭޓުގެ ގޭގައި ތާށިވެއްޖެއެވެ.
ވަންގ ނަމަކަށްކިޔާ އެ އަންހެން މީހާ ސޯޝަލް މީޑިއާގައި މަޝްހޫރު މީހަކަށް މިހާރުވެފައިވާއިރު ތާށިވެފައިހުރި ގޭގައި ހުރެގެން އޭނާ ދިޔައީ އަޕްޑޭޓްސްތައް ވްލޮގްސް މެދުވެރިކޮށް ހާމަކުރަމުންނެވެ.
އެ އަންހެން މީހާ ބުނެފައިވާގޮތުގައި މިހާރު ދެބައި އުމުރަށް ދިއުމުން އިންނާނެ ރަނގަޅު މީހަކު ހޯދުމުގެ ދަތުރުގައި ޒެންގްޒޫ އަވަށުން ބްލައިންޑް ޑޭޓަކަށް ދިޔައީ، އެޑޭޓަކީ ކައްކަން ވަރަށް މޮޅު މީހެއް ކަމަށާއި ކެއުމަށް އިންސާފުކޮށްލަން ގެއަށް ދިއުމަށް ދައުވަތު ދިނުމުން ކަމަށެވެ.
ވަންގް ގެ ވީޑީއޯތަކުގައި ބުނެފައިވާގޮތުގައި އޭނާގެ ޑޭޓު ހަމަ ކޮންމެ ވަގުތަކުވެސް ކައްކާލަ ކައްކާލަ އެބަ ހުރެއެވެ. މާގިނަ ވާހަކައެއްވެސް ނުދައްކައެވެ. ވަންގް ސިފަކޮށްފައިވާގޮތުގައި އެ ޑޭޓަކީ ފިހާރަތަކުގައި މި ހުންނަ ކަހަލަ މެނިކުއިންއެކެވެ.
ކޮންމެއަކަސް ވަންގް މިހާރު ވަނީ އޭނާގެ ވީޑިއޯތައް ސޯޝަލް މީޑިއާއިން ނަގައިފައެވެ. ވަންގް ބުނެފައިވަނީ އެ ވީޑީއޯތައް ނެގީ އޭނާގެ ޑޭޓަށް އެކަމުން އުނދަގޫވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް