ސްޕެނިޝް ސުޕަރ ކަޕް : އެތްލެޓިކޯ މެޑްރިޑް ކަޓުވާލުމަށްފަހު ބިލްބާއޯ ފައިނަލަށް

ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ކަޓުވާލުމަށްފަހު އެތުލެޓިކް ބިލްބާއޯ އިން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ. ބިލްބާއޯއިން އެތްލެޓިކޯ މެޑްރިޑް ބަލިކުރީ ފަހަތުން އަރައި 1-2 ގެ ނ...

14 Jan 2022 | 06:53

ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ކަޓުވާލުމަށްފަހު އެތުލެޓިކް ބިލްބާއޯ އިން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ބިލްބާއޯއިން އެތްލެޓިކޯ މެޑްރިޑް ބަލިކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، ދެޓީމުންވެސް ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތުތަކެއް އެއްވެސް ޓީމަކަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފަހު ހާފުގެ 62 ވަނަ މިނެޓުގެ ތެރޭ އެތްލެޓިކޯ މެޑްޜުންނެވެ. ނަމަވެސް މި ލަނޑަކީ ބިލްބާއޯގ ގޯލްކީޕަރު އުނާއި ސިމޯން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އެތުލެޓިކޯ ޔާއޯ ފީލިކްސް ބޮލުން ޖެހި ބޯޅައެއްގައި ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކީޕަރު ގައިގައި ޖެހިފައި ވަން ލަނޑެކެވެ. ބިލްބާއޯ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 77 ވަނަ މިނެޓުގައި ޔެރޭ އަލްވަރޭޒް ޖެހި ލަނޑުންނެވެ. މި މެޗުން ބިލްބާއޯޯ އަށް ފައިނަލުގެ ޖާގަ ކަށަވަރު ކޮށްދިން ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އެވެ. އޭނާ މި ލަނޑު ޖެހީ ޑެނީ ގާސިއާގެ އެހީތެރިކަމާއި އެކުގައެވެ.

ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލުގައި ބިލްބާއޯ ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ރެއާލް މެޑްރިޑް ފައިނަލުން ޖާގަ ހޯދީ ވަރުގަދަ ބާސެލޯނާ2-3 އިން ބަލިކުރުމަށް ފަގުހައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް