މޫދަށް ވެއްޓުނު ކާރުގައި ތިބި މީހުން ސަލާމަތް ކުރި އޮފިސަރުންނަށް ކަރެކްޝަންސްގެ ތައުރީފު

އިއްޔެރޭ ކ. މާފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން މޫދުން ވެއްޓުމުގެ ހާދިސާގައި އޭގައި ތިބި މީހުން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުނު އޮފިސަރުންނަށް މޯލްޑިވްސް ކަ...

14 Jan 2021 | 15:14

އިއްޔެރޭ ކ. މާފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން މޫދުން ވެއްޓުމުގެ ހާދިސާގައި އޭގައި ތިބި މީހުން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުނު އޮފިސަރުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތައުރީފުކޮށްފި އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ އިއްޔެ ރޭ ދަންވަރު 12:46 ހާއިރު އެވެ. ކާރު މޫދަށް ވެއްޓުނުއިރު އޭގައި ދެފިރިހެނުންނާއި އަންހެނަކު ތިއްބެވެ.

މޫދަށް ވެއްޓުނު މީހުން ސަލާމާތް ކުރަން އިސްވެ ހަރަކާތްތެރިވާން ފެށީ އެސިސްސެންޓް ސުޕްރިޓެންޑެންޓު އޮފް ޕްރިޒަންސް އަބްދުލް ޣަނީ އާއި ޕްރައިވެޓް ހުސައިން ސޮލާހު އެވެ.

ކަރެކްޝަނަލް ސާވިސް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އޮފިސަރުންގެ ވިސްނައިގަތުމާއި ފިޔަވަޅުމުގެ އަވަސްކަމަކީ، މޫދަށް ވެއްޓުނު ކާރުގައި ތާށިވި ތިން މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީއަކަށް ވި ކަމެއް ކަމަށެވެ. އެ އޮފިސަރުންގެ ހިތްވަރާއި ހެޔޮ އަމަލަށް ސެލިއުޓް ކުރާ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/ahumadhumohamed/status/1349692801244557315

ހާދިސާ ހިނގި އިރު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން ދެމީހަކަށް އަނިޔާވެފައިވެ އެވެ. އެމީހުންނަށް މާފުށީ ސިއްހީ މަރުކަޒުން ވަނީ ފަރުވާ ދީފައި އެވެ.

ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސްއެއްވެސް ނެތެވެ. މި ހާދިސާގައި ކާރު ވެއްޓިފައިވަނީ ފަޅުތެރޭގައި އޮތް ދެ ލޯންޗެއްގެ ދޭތެރެއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް