ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހްމަދު ސަލީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑްގެ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު އެވެ. އަދި އެކަން އޭނާ ވަނީ ފޭސްކުބްގައި ވެސް ހިއްސާ ކުރައްވާފަ އެވެ.
ހީނާ ސަލީމް ވިދާޅުުވީ އެދުވަހު ހޭލިއިރުގައި ބަލީގެ އިހްސާސް ކުރެވެން ފެށި ކަމަށާއި ހަށިގަނޑުގައި ކުރިން ނާޅާ ކަހަލަ ރިހުމެއް ހުރި ކަމަށެވެ.
" އެދުވަހު އޮފީހަށް ވެސް ދިޔައިން. އެކަމަކު އިތުރަށް ގޯސްވާހެން ހީވީމަ، ގެއަށް އައީ. އޭގެ ފަހުން ހުން އަންނަން ފެށުމުން ބޭސް ކާން ފެށީ." ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާދިއްތަ ދުވަހު އޮފީހަށް ދާން ޓެސްޓު ހަދާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ހޮސްޕިޓަލުން އެންގި ކަމަށެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ގޭގައި ސެލްފް އައިސޮލޭޝަންގައި ހުންނެވުމަށް ފަހު، މެޑިކަލް ޗެކްއަޕެއް ހައްދަވަން ބޭނުންފުޅުވާތީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުވެފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް