ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް: ހާރޫން

ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެ އެވެ. ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމު...

14 Jan 2021 | 10:27

ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހާރޫން ވިދާޅުވީ ދަނޑުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އުފެއްދި ކުންފުނީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިކަން އާލާކޮށް، މި ސެކްޓަރ ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރުން ކަމަށެވެ.

މިކަންތައް ކުރުމަށް ބަލާ އިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ޚާއްސަކޮށް މިއީ އަލަށް ކުރެވޭ މަސައްކަތަކަށްވާތީ، ކުރިއަށް ގެންދަން ޖެހޭނީ ވެސް ގޮންޖެހުންތަކާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނި ވުޖޫދުވީ ކޮވިޑުގެ ހާލަތުގަ. ނަމަވެސް މި ހާލަތުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. މި މަސައްކަތް ފަށައިގަތީވެސް ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކީގަ. ލ. އަތޮޅުގެ ދަނޑުވެރިންގެ އުފެއްދުން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ އެހީގައި މިހާރުވެސް ދަނީ މަސައްކަތް ކުރަމުން." ހާރޫން ވިދާޅުވި އެވެ.

ހާރޫން ރަޝީދު ވިދާޅުވީ އިފާޑުގެ ޕްރެޖްކްޓެއް ހއ. ހދ. އަދި ށ އަތޮޅަށް އަމާޒުކޮށްގެން ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ގިނަ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މިއޮތީ ޚާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައި ކަމަށާއި މަސްވެރިކަމަކީ ވެސް އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާޢަތެއްކަމަށް ހާރޫން ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް ދަނޑުވެރިކަމަށް އަމާޒުކޮށްގެން ކަންތައްތަކެއް ކުރެވިއްޖެނަމަ، ދަނޑުވެރިކަމުން ލިބޭ ނަފާވެސް އިތުރުވާނެ ކަމަށް ހާރޫން ވިދާޅުވި އެވެ.އަދި ކޮވިޑްގައި ދަސްވީ އެންމެކަމަކަށް ބަރޯސާވެގެން ތިބުމުގެ ފުރުސަތު ނެތުން ކަމަށް ވެސް ހާރޫން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްލޭނެއްގެ ތެރެއިން ކުރެވިއްޖެނަމަ، ދަނޑުވެރިކަމުން ވަރަށްބޮޑު ނަފާއެއް ނެރެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް