ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ސަފިއްޔާ އައްޔަން ކުރައްވައިފި

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ސަފިއްޔާ މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ ސަފިއްޔާ މީގެކުރިން ހުންނެވީ ރައީސ...

14 Jan 2021 | 09:55

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ސަފިއްޔާ މުހައްމަދު ސައީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސަފިއްޔާ މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ކަމަށެވެ.

ސަފިއްޔާ މި މަގާމަށް އަައްޔަން ކުރެއްވުމާއެކު، ހެލްތް މިނިސްޓްރީގައި ނައިބުންގެ ގޮތުގައި 5 ބޭފުޅުން މިހާރު ތިއްބަވަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް މަރިޔަމް ޚާލިދާ ވަނީ އައްޔަން ކުރައްވާފަ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީންގެ ތެރެއިން ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ނިޝާމާ މުހައްމަދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް