ދެއްވަދޫ ކްލަސްޓަރ އާގުޅިގެން ގއ. އަތޮޅު ފެރީން ދަތުރު ކުރި މީހުން ހޯދަން ފަށައިފި އެވެ.
އެޗްއީއޯސީ އިން ބުނީ ގއ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރުކޮށްފައިވާ ފަރާތްތައް ކަރަންޓީނުވާން އަންގާ ކަމަށެވެ.
"ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަނަކަށް އަންގައިދިނުމަށް އެދޭ ކަމަށާއި އެފަރާތްތަކުން 23 ޖަނަވަރީ 2021 ވަންދެން ކަރަންޓީނުވެ ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
އެޗްޕީއޭއިން ބުނީ އަތޮޅު ފެރީން ދަތުރު ކުރި ފަރާތްތައް ކަރަންޓީނުވާން އެންގީ ދާންދޫން ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ދާންދޫ އާއި ވިލިނގިލިން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މި ދެރަށް މިހާރު ވަނީ މޮނިޓަރިންނަށް ލާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް