މޭކަރ ސްޕޭސް ގެ ޚިދުމަތްތައް ފެށުމަށް ފަހުމުނާމާ އެއްގައި ސޮއިކޮށްފި

ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އަލަށް ތައާރަފް ކުރެވޭ "މޭކަރސްޕޭސް"ގެ ޚިދުމަތް ޤާއިމުކޮށްދިނުމުގައި އެހީތެރިވެދިނުމާއި ހަރަކާތްތައް ހިންގުމަށް "އޮފިޝަލް ޕާޓްނަރ" އެއްގެގޮ...

14 Jan 2021 | 09:18

ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އަލަށް ތައާރަފް ކުރެވޭ "މޭކަރސްޕޭސް"ގެ ޚިދުމަތް ޤާއިމުކޮށްދިނުމުގައި އެހީތެރިވެދިނުމާއި ހަރަކާތްތައް ހިންގުމަށް "އޮފިޝަލް ޕާޓްނަރ" އެއްގެގޮތުގައި ސްޓެމްސްޕޭސް ހަމަޖައްސައި އެކަމާއި ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޤައުމީ ކުތުބުޚާނާގައި އޮތް ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޤައުމީ ކުތުބުޚާނާގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރުގެ ނައިބު އަޙުމަދު މުޙުސިންއެވެ. އަދި މި ފަހުމުނާމާގައި ސްޓޭމް ސްޕޭސްގެ ފަރާތުން ސޮއިކުރެއްވީ ސްޓެމް ސްޕޭސްގެ ފައުންޑަރ އަދި ސީއީއޯ ޑރ. އިބްރާހިމް ލަޠީފްއެވެ.

މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސްޓެމް ސްޕޭސްގެ އެހީތެރިކަމާއިއެކު ޤައުމީ ކުތުބުޚާނާގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެއް އަހަރުދުވަހުގެ މުއްދަތަށެވެ. އެއަށްފަހުވެސް މި ޕްރޮގްރާމް ޤައުމީ ކުތުބުޚާނާގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މޭކަރސްޕޭސްއަކީ އެކި ވައްތަރުގެ އާލާތްތަކާއި ތިމާއަށް ލިބިފައިވާ ޢިލްމެއް އަދި ބިނާކުރަނިވި ޚިޔާލު އެހެން ފަރާތްތަކާއި ހިއްސާކުރުމަށް ދެވިފައިވާ ތަނެއް ނުވަތަ ޖާގައެކެވެ. ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި ތަފާތު އުމުފުރައަށް ފަރުމާކުރެވިގެން މޭކަރސްޕޭސްގެ ހަތަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިންގެ ފަންނީ ހުނަރު އާލާކޮށް، ތަފާތު ނަޒަރިއްޔާތުތަކުން ވިސްނައިގެން ކަންކަމަށް ޙައްލު ހޯދަން ދަންނަ، އިޖާދީ މުޖުތަމައުއެއް ބިނާކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް