އިދިކޮޅު ޕީއެންސީގެ ނައިބުު ރައީސް މުހައްމަދު ހުސައިން ޝަރީރު (މުންދު) ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އޭނާ ފުލުހަށް ހާޒިރުވާން އެންގީ މިއަދު މެންުދުރު ފަހު 3:00 އަށެވެ. މުންދު ފުލުހުންގ އިދާރާއަށް ހާޒިރު ކުރަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށްވެ އެވެ.
މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މިފަހަކަށް އައިސް އިދިކޮޅުން ބާއްވަމުން އަންނަ އެއްވުންތަކާއި ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުން ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެ އެވެ. އަދި މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިިލާފުވެފައިވާކަމަށް ބުނެ ޖޫރިމަނާކޮށްފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޕީޕީއެމް/ ޕީއެންސީގެ ލީޑަރުންގެ މައްސަލަތައް ބަލައި ދައުވާ ކުރަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ބަލިވާނެކަން ޔަގީންވުމުން ކަމަށެވެ. އަދި ސަރުކާރުން މިހާރު އުޅެނީ ހަދާނެ ގޮތް ހުސްވެގެން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް