މިޝަން އިމްޕޮސިބަލް 7 ގެ ސެޓަށް ޓޮމް ކްރޫޒް މިފަހަރު މިވަނީ ރޮބޮޓެއް ހޯދާފައެވެ.
ޓޮމް ކުރޫޒް ވަނީ މީގެ ކުރިންވެސް އޭނާގެ 2 ކްރޫއެއް މިޝަން އިމްޕޮސިބަލް 7ގެ ސެޓްގެ ޤަވައިދާ ޚިލާފުވުމުން ވަރުގަދަ އިންޒާރެއް ދީފައެވެ.
އެގޮތުން ކޯވިޑް ގެ ސަބަބުން އަޅަން ޖެހިފައިވާ ފިޔަވަޅުތަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކްރޫޒް ދަނި އޭނާގެ ކްރޫއިން ބަލަހައްޓަމުންނެވެ. އެގޮތުން ކްރޫއިން ކޯވިޑްގެ ޤަވާޢިދުތަކަށް ބޯލަނބާތޯ ބެލުމުގެ މަޤުޞަދުގައި ގެނައި މި ރޮބޮޓްގެ އެހީގައި މީހުންގެ އުޅުން މޮނިޓަ ކުރުމުގެ އިތުރުން ކޮވިޑަށް މީހުން ޓެސްޓްވެސް ކޮށްދޭކަމުގައި ޚަބަރުތަކުން ބުނެއެވެ.
58 އަހަރުގެ ކްރޫޒް މިފަހަރު ރޮބޮޓް ގެނެސްފައި މިވަނީ އޭނާގެ މުވައްޒަފުން 2 ފަހަރެއްގެ މަތީން ކޯވިޑްގެ ޤަވައިދުތަކާ ޚިލާފުވުމުން އެކަންތަކަށް ޙައްލު ހޯދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް