ކަސްރަތު ކުރުން
ކަސްރަތުގެ ތެރެއިންވެސް ޔޯގާ ނުވަތަ ހިނގާލުމުން މިއީ ސިކުނޑިއަށް ވަރަށް ލުއި ލިބޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނިޓު ހިނގާލުމުން ބޭކާރު ވިސްނުންތަކާ ދުރުވެ މީހާ ހަމަޖެހުމަށް ފުރުޞަތު ބޮޑުވެއެވެ.
މާޙައުލު ބަދަލުކޮށްލާށެވެ
ކޮންމެ ދުވަހަކުވެސް ޤުދުރަތީ މާޙައުލެއްގައި ވަޤުތު ހޭދަކުރުމުން ނެގެޓިވް އެނާރޖީ ތައް މަދުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން މޫދު ފެންނަ ހިސާބަށް ގޮޑުދޮށަށް ގޮސްލުން ނުވަތަ ގިނައިން ގަސްތައް ހައްދާފައި ހުންނަ ޞަރަޙައްދެއްގައި މަދު ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލުން މުހިންމެވެ.
ކޮޅަސް ހުންނަ ގޮތް ނުވަތަ އިށީންދެ އިންނަ ގޮތް
ދިރާސާ ތަކުން ދައްކާގޮތުގައި މީހާގެ އުފާވެރިކަމާ މިކަންކަމާ ވަނީ ގުޅި ލާމެހިފައެވެ. އެގޮތުން މަދުވެހެން 4 ހަފުތާ ވަންދެން ގޮނޑީގައި އިށީންދެ އިނުމުގައި ސަމާކުކަންދީގެން ހަށިގަނޑު ތެދަށް ބޭންދުމުން އުފާވެރިކަން އިތުރުވެ މަސައްކަތުގެ މާޙައުލުގައިވެސް އުފާވެރިކަމުގައި މަސައްކަތް ކުރެވެއެވެ. މީހެ އިތުރުން އެއް ފައި މައްޗަށް ކޮއްޅަށް ހުރުމުގެ ބަދަލުގައި ދެފައި މައްޗަށް ހުރުމާއެކު ހަށިގަނޑު ސީދަލަށް ބެހެއްޓުންވެސް ވަރަށް މުހިންމެވެ.
ތާޒާ މޭވާ އަދި ތަރުކާރީ ކެއުން
ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި މޭވާއާއި ތަރުކާރީ މަދުވެގެން 2 މަސް ވަންދެން ބޭނުން ކުރުމުން އަމިއްލައަށް ފާހަގަވާނެ ފަދަ ބަދަލުތަށް ފެންނާނެއެވެ. އެގޮތުން މީހާ އުފާވެރިކޮށް ހުރުމާއި އަދި އެހެން މީހުން ތިމާގެ ސަބަބުން އުފާވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް