ގއ. ދާންދޫއާއި ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން ޕޮޒިޓިވް ކޭސް ތަކެއް ފެނިފައި ވާތީ، ގއ. ދާންދޫއާއި ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިގޮތުން ދާންދޫއިން ކޮވިޑް 19 އަށް 2 މީހުން ފައްސިވެފައި ވާއިރު، ވިލިނ...

14 Jan 2021 | 05:34

ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން ޕޮޒިޓިވް ކޭސް ތަކެއް ފެނިފައި ވާތީ، ގއ. ދާންދޫއާއި ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިގޮތުން ދާންދޫއިން ކޮވިޑް 19 އަށް 2 މީހުން ފައްސިވެފައި ވާއިރު، ވިލިނގިލިން އެކަކު ވަނީ ކޮވިޑަށް ފައްސިވެފައި ކަމަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ސިއްހީގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް މި ރަށްތައް މޮނިޓަރިންގް ގެ ހާލަތަށް ގެނެސްފައި ވުމުން، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، އިމަޖެންސީ ހުއްދައެއް ނެތި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ރަށުން ފޭމުބާއި، އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް