ވެންޓިލޭޓަރު ގެއްލި، ފައިސާ ގެއްލި، ކޮށި ދަނޑާއި މަރިޔަނބުވެސް ގެއްލިއްޖެ

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަކީ ވަރަށް ކުޑަ ޖަރާސީމެކެވެ. ޗައިނާގެ ވޫހާން ސިޓީއަށް އުފަންވެ، މުޅި ދުނިޔެ ފަތަހަކޮށްފައިވާ މި ކުޑަކުޑަ ޖަރާސީމުގެ ވަބާއިން އަދިވެސް ގައުމުތަށް މިވަނީ އަރައި ނުގަނެ...

14 Jan 2021 | 04:30

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަކީ ވަރަށް ކުޑަ ޖަރާސީމެކެވެ.

ޗައިނާގެ ވޫހާން ސިޓީއަށް އުފަންވެ، މުޅި ދުނިޔެ ފަތަހަކޮށްފައިވާ މި ކުޑަކުޑަ ޖަރާސީމުގެ ވަބާއިން އަދިވެސް ގައުމުތަށް މިވަނީ އަރައި ނުގަނެވިފަ އެވެ. އަރައިގަނެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

ޚާއްސަކޮށް ރާއްޖެ ފަދަ އަމިއްލަ އުފެއްދުންތެރިކަންނެތް ގައުމަކަށް މިއީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ކޯވިޑްގެ ވަބާ އާ ރާއްޖެއިން ކުރިމަތިލީ ވަރުގަދަ ޢަޒުމަކާ އެކުގަ އެވެ.

މި ބައްޔާއިބެހޭ ގިނަ މަޢުލުމާތުތައް ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔައީ ގިނަ ބައެއްގެ ހިތްތައް ޝުކުރުން ފުރާލަމުން ނެވެ.

ޚާއްސަކޮށް މި ބަލީގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ނިންމި، ނިންމުމަކީ އުފަލުން ރޮވުނު ދުވަހަކަށް ވާނެ އެވެ.

ނަމަވެސް އޭރުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ގެ އިސްނެންގެވުމާއެކު ރާއްޖެ ގެންނަން ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ އެއްބައި އަދިއަދަށް ދާންވެސް ވީ ހިސާބެއް ނޭނގެ އެވެ.

"ބިންފަޅާފައި އަޑިއަށް ދިޔައީ ކަމެއް" ނޫނީ "ފަޒާގެ ތެރެއަށް ބުރައިގެން ދިޔައީ" ކަމެއް ނޭނގެ އެވެ.

ވެންޓިލޭޓަރު ގެންނަން ކުންފުންޏަކާ ހަވާލު ކުރުން ވެގެންދިޔައީ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ގެނުވި ކަމަކަށެވެ.

ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށިއެވެ. އެ މައްސަލަ ބަލަން ފެށި ވާހަކަ ވެސް މީޑިއާގެ ފަލަ ސުރުޚީ ތަކުން ދުވަސްކޮޅަކު ފެނުނެވެ. އެކަމަކު މިހާރު އެކަން ދިޔައީ ކިހާ ހިސާބަކަށް ކަމެއް ނޭނގެ އެވެ.

މިނިސްޓަރު، އެމަނިކުފާނުގެ މަގާމުން އަމިއްލައަށް އެކަހެރިވެވަޑައިގެން، އެކަހެރިވެވަޑައިގެންނެވުމާއެކު، ދެން އޮބާލީތޯއްޗެކެވެ.

މި ޒިންމާވާނީ ކޮންފަރާތެއްކަން ކަނޑައެޅިފައި ނުވާ އިރު، ކޯވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނު ރިސޯޓަށް ދަޢުވާ ނުކުރަން ނިންމި ބީދައިން މިކަން ވެސް ދިޔައީ ކަމަށް ވެދާނެ އެވެ.

އެ ރިސޯޓަށް ވެސް ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުން ނެވެ. ހަމައެގޮތަށް ވެންޓިލޭޓަރު މައްސަލައިގަވެސް ފެންނާނެ ހެއްކެތް ގަރީނާއެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

ހުރިހައި މޮޅަކާއި މަންފާއަކާ ލާބައެއް ބޮޑެތީންނަށެވެ.

މިއީ ވެސް "ޒީރޯ ޓޮލަރެންސް" ގެ ބާބެއް ދޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް