އައު އަހަރުގެ ރޭ ތުރުކީގެ އިސްތަންބުލްގައި ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ޗައިނާއަށް ނިސްބަތްވާ އުއިގާ ދަރިފަސްކޮޅުގެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
އައު އަހަރުގެ ޕާޓީ ކުރިއަށްދިޔަ ނައިޓް ކްލަބަކަށް ހަމަލާދީ 39 މީހަކު މަރާލި އެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އޮމަރް އާސިމް އަދި އަބުލިއެޒީ އަބުދުހަމީތީ ނަމަކަށް ކިޔާ ދެމީހުންނެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު މި ދެމީހުން ހައްޔަރުކުރީ ތުރުކީންނެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވ ދެމީހުންނަކީ ޗައިނާގެ މުސްލިމް ދަރިފަސްކޮޅެއް ކަމަށްވާ އުއިގާ ނަސްލަށް ނިސްބަތްވާ ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް