ފުވައްމުލަކު ބޭކަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޏ. ފުވައްމުލަކު ދޫޑިގަމު ގެއެއްގައި ހިންގަމުން އައި ބޭކަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ ޝަޒީމް މުހައްމަދު ވިދާޅުވީ އަލިފ...

14 Jan 2015 | 16:17

ޏ. ފުވައްމުލަކު ދޫޑިގަމު ގެއެއްގައި ހިންގަމުން އައި ބޭކަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ ޝަޒީމް މުހައްމަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެ އަވަށު ނާރިނގުވިލާ ގޭގައި ހިންގަމުން އައި ބޭކަރީއެއްގައި ކަމަށާއި ބޭކަރީގައި ރޯވި އަލިފާންގަނޑު ފުލުހުން އައިސް ނިއްވާލާފައި ވާކަމަށެވެ. " 8:15 ހާއިރު މި ހާދިސާ ހިނގީ، އެމްއެންޑީއެފަށް އެންގުމުން ވަރަށް އަވަހަށް އައިސް އަލިފާންގަނޑު ނިއްވާލީ، ބޭކަރީގެ ފުރާޅު ވެއްޓި ފާރަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު" ޝަޒީމް ވިދާޅުވި އެވެ.

ޝަޒީމް އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެގޭ މީހުން ބޭކަރީގައި މަސައްކަތް ކުރަމުން އަންނަނިކޮށް ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް