ސޯސަލް މީޑިއާގައި އާއްމު ވެގެން ދިޔަ ޕީކޭ އާއި ބެހޭގޮތުން އާމިރު ޙާން ދީފައިވާ ކަމަށް ބުނާ އިންޓަވިއު އަކީ އަސްލެއް ނޫންކަމަށް ބުނެ އާމިރު ހާން ޕާކިސްތާނުގެ ބައެއް ވެބްސައިޓްތަކަށް ލީގަލް ނޯޓިސް ފޮނުވައިފިއެވެ.
5 questions Aamir Khan answered about PK.”"ނަމުން މަޝްހޫރު ވެގެން ދިޔަ އިންޓަވިއު އަކީ ބަޔަކު އޮޅުވާލައިގެން ނެރެފައިވާ އިންޓަވިއުއެއް ކަމަށާއި އެ އިންޓަވިއު ފެނުމުން އާމިރު ވަރަށް ހައިރާންވެ ހިތްހަމަ ނުޖެހިފައިވާކަމަށް އާމިރުގެ ޤާނޫނީ ރިޕްރެޒެންޓެޓިވް އާނަންދު ދެސާއި ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން އާމިރުގެ ފަރާތުން ފޮނުވި ލީގަލް ނޯޓިސް ފޮނުވާފައިވަނީ އާނަންދު ދެސާއި އެވެ. ދެސާއި ބުނެފައިވަނީ އާމިރު އެފަދަ އެއްވެސް އިންޓަވިއުއެއް ދީފައި ނުވާކަމަށާއި އެފަދަ ދޮގު މައުލޫމާތު ހާމަ ކޮށްފައިވަނީ އެ ނޫސްތަކުގެ މަޤްބޫލުކަން އިތުރު ކުރުމަށްކަމަށެވެ. އަދި އެ ފޭކް އިންޓަވިއުގެ ސަބަބުން އާމިރު އަށް އޮންނަ މަޤްބޫލުކަމަށް ހީނަރުކަމެއް އަތުވެދާނެ ކަމަށްވެސް ދެސާއި ބުނެފައިވެއެވެ.
އިތުރަށް ދެސާއި ބުނެފައިވަނީ އާމިރުގެ އެމެރިކާ ދަތުރަށްފަހު އެކަން ކުރި ވެބްސައިޓްތަކާއި ދެކޮޅަށް ޕޮލިހަށް މައްސަލަ ހުށައަޅާނެ ކަމަށެވެ.
އާމިރުގެ އިންޓަވިއު އެއްކަމަށްބުނެ ދުނިޔޭގެ އެކި ނޫސް ތަކާއި ސޯސަލް މީޑިއާގައި އެ އިންޓަވިއު ވަނީ އާއްމުވެގެން ގޮސްފައެވެ. އިންޓަވިއުގައި ވަނީ އިސްލާމް ދީން ދިފާއުކޮށް އާމިރުހާން ޖަވާބުދޭ 5 ސުވާލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް