ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "މިއުޒިކީ ހަވާއެރުވުން" އެސްޓީއޯއިން ބާއްވަނީ

ރާއްޖޭގައި އަދި މިހާތަނަށް ހަވާ އަރުވާފައި ނުވާ ގޮތަކަށް "މިއުޒިކީ ހަވާއެރުމުވެއް" ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެސްޓީއޯ އިން ބުނީ މި ހަރަކާ...

14 Jan 2015 | 09:29

ރާއްޖޭގައި އަދި މިހާތަނަށް ހަވާ އަރުވާފައި ނުވާ ގޮތަކަށް "މިއުޒިކީ ހަވާއެރުމުވެއް" ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެސްޓީއޯ އިން ބުނީ މި ހަރަކާތަކީ އެސްޓީއޯގެ 50 ވަނަ އަހރީ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެއް ކަމަށާއި މި "ހަވާ އެރުވުން" ކުރިއަށްދާނީ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.

"ރާއްޖޭގައި މީގެ ކުރިން ހަވާ އަރުވަނީ އެކަމުގައި އެއްވެސް ހާއްސަ ކަމެއްނެތި، ހަމަ ހަވާ އަރުވަނީ ، އެހެން ނަމަވެސް އެސްޓީއޯއިން އިންތިޒާމް ކުރާ މި ހަރަކާތުގައި ހަވާ އަރުވާނީ މިއުޒިކާއެކު ކޮރެއޮގްރާފް ކޮށްގެން" އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ސިފައިންނާ ގުޅިގެން ކަމަށާއި ހަވާއެރުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ. އަދި  މި ހަވާ އެރުވުން ބަލާލަން ދިއުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް