ރާއްޖެއަށް ބޭނުންވާ ކަންކަމުގައި ގަތަރުން އަބަދުވެސް އެހީތެރިވާނެ: ގަތަރު އާ ސަފީފު

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏‏ގެންދަވާނެ ކަމަށް ގަތަރުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރ...

14 Jan 2015 | 08:15

ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏‏ގެންދަވާނެ ކަމަށް ގަތަރުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު ވިދާޅުވެއްޖެ އެވެ.

ގަތަރުން ރާއްޖެއަށ ކަނޑައެޅުއްވި އާ ސަފީރު، ރާޝިދު ޝާފިޢާ ސައީދު ‏‏ޝާފިޢާ އަލް ފަހައިދާ އަލް މާއްރީ، މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އެރުއްވުމަށްފަ ދެއްކެވި ވާހަކަފުޅު ގައެވެ.

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ޤަތަރުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏‏ތަހުނިޔާ ވިދާޅުވިއެވެ.

‏ރައީސް އޮފީހުން ވިދާޅުވީ މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ޤަތަރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ‏‏ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ‏‏ކުރެވިދާނެ ‏‏ގޮތްތަކާ ‏ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ‏‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏ ‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް