މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ތަކަކާއެކު ދެ މީހަކު ގަލޮޅު ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 42 ...

14 Jan 2015 | 06:22

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ތަކަކާއެކު ދެ މީހަކު ގަލޮޅު ޕޮލިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 42 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ދެ މީހުންނަކީ ދެ ދިވެހިން ކަމަށެވެ.

ވައިލެޓްމަގާއި ސޯސަންމަގު ގުޅުނު ހިސާބުން މަޢުހަދު ކައިރީ ތިބި ދެ މީހެއްގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން، މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ ގަލޮޅު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެނެސްފައި ވަނީ އިއްޔެ މެންދުރު12:30 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ  އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު 42 އަހަރުގެ މީހާގެ ކަނާއަތުގެ މުށުތެރެއިން މަސްތުވާތަކެތި ކަމަށްޝައްކު ކުރެވޭ އެއްޗެއްހުރި ފޮއިލްކޮޅެއް ފެނިފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 އަހަރުގެ މީހާ އަޅައިގެން ހުރި ބެލްޓްގެ ދަށުގައި ރައްކާކޮށްފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ޕެކެޓެއް ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް