ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް މާބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ބުނެފިއެވެ.
ހުޅުމާލެ ހިއްކަން ފެށުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ވާގޮތުން ހުޅުމާލެ ބިން ހިއްކުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނީ ރަށް އުފެދިފައިވާ ބައްޓަމަށާއި މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް ކަމަށެވެ.
އެގޮތުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ އިތުރަށް ކަނޑުތޮއްޓާއި އެއްގަމުތޮށި ލުމުގެ ސަބަބުން ހުޅުމާލެ ސަރަހައްދުގެ މޫދުގެ މާހައުލަށް އަސަރުކުރުމާއި ވެލި ނެގުމުގެ ސަބަބުން އުފެދޭ ސެޑިމެންޓްސްގެ އަސަރު ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށަށާއި ރިސޯޓުތަކަށާއި ފީނާ ސަރަހައްދުތަކަށް ކުރުން ހިމެނެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ ސަބަބުން، އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް އެ ސަރަހައްދުގެ ތިމާވެއްޓަށް ނުކުރާނެ ކަމަެވެ. ނަމަވެސް ހުޅުމާލޭ ބިން ހިއްކުމާ ގުޅިގެންއެ ސަރަހައްދުގެ ތިމާވެއްޓަށް ލިބިދާނެ އިޔާދަނުކުރެވޭ ޒާތުގެ ކުދި ގެއްލުންތަކެއް ފާހަގަކުރެވުނު ކަމަށާއި ޕްރޮޖެކްޓުން، ކޮށްފާނެ އަސަރު ކުޑަކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ހުޅުމާލެ ސަރަހައްދު ހިމެނޭ ވެއްޓަށް ލިބިދާނެ ކަމަށް ބެލެވިފައިވާ އިއާދަނުކުރެވޭ ގެއްލުންތައް ކުޑަކޮށް، ޕްރޮޖެކްޓުގެ ސަބަބުން އިތުރު ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ.
ހުޅުމާލެ ހިއްކުމުގެ ދެވަނަ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ރަސްމީކޮށް އެ މަސައްކަތް ފެށުމަށް މި މަހުގެ 15 ވަނަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެ ހިއްކުމުގެ މަސައްކަތް ދެ މަސްތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ބުުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް