2014 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޚާއްސަކޮށްގެން ޑައިމަންޑް ޖެހި ބޫޓެއް އޭނާގެ ސްޕޮންސަރ ނައިކީއިން ފަރުމާކޮށްފިއެވެ.
ރޮނާލްޑޯއަށް ތިންވަނަ ބެލޮންޑިއޯ ފާހަގަކުރުމުގެ ގޮތުން ފަރުމާކުރި ބޫޓަކީ ރަން ކުލައިގެ ބޫޓެކެވެ. އަދި ބޫޓުގައި ޖަހާފައިވާ ރޮނާލްޑޯގެ ލޯގޯ " ސީއާރް7" ޖަހާފައިވަނީ ޑައިމަންޑްގެ ބޭނުން ކޮށްގެންނެވެ.
ނައިކީ ކުންފުނީގެ ފަރާތުން ޑިޒައިންކުރި ބޫޓަށް އެކުންފުނިން ދީފައިވާ ނަމަކީ "މާކިއުރިއަލް ސީއާރް7 ރެއަރ ގޯލްޑް" އެވެ. ބޫޓާ ބެހޭގޮތުން ނައިކީއިން ބުނެފައިވަނީ މި ބޫޓަކީ ރޮނާލްޑޯގެ ބުރަ މަސައްކަތުގެ އިތުރުން ހުނަރުވެރިކަމަށް ޓްރައިބެއްގެ ގޮތުން ފަރުމާކުރި ބޫޓެއް ކަމަށެވެ. އަދި ބޫޓުގައި ބޭނުންކުރި މައިކްރޯ ޑައިމަންޑަކީ މިހާތަނަށް ބޫޓެއްގައި ބޭނުންކުރި ފުރަތަމަ ޑައިމަންޑެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކޮޕާ ޑެލްރޭގައި ރޮނާލްޑޯ ނިކުންނާނީ އޭނާގެ "މާކިއުރިއަލް ސީއާރް7 ރެއަރ ގޯލްޑް" ބޫޓުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް