ޗުވިންގަމް ޕެކެޓެއް ވަގަށްނެގި ނުވަ އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިޑާހޯގެ ފިހާރައަކުން ޗުވިންގަމް ޕެކެޓެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ. އިޑާހޯގެ ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކުރީ...

14 Jan 2015 | 04:49

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިޑާހޯގެ ފިހާރައަކުން ޗުވިންގަމް ޕެކެޓެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އިޑާހޯގެ ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކުރީ އެ ސްޓޭޓްގެ ކޯޓަކުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެން ކަމަށެވެ.

އެ ކުއްޖާ ހައްޔަރުކުރަން ފުލުހުންނަށް ކޯޓުން އަމުރު ނެރުނީ އެ މައްސަލައިގެ ދެ އަޑުއެހުމަކަށް އެ ކުއްޖާ ހާޒިރު ނުވުމުން ކަމަށް އަމުރު ނެރުނު ފަނޑިޔާރު ބުނެފައި ވެއެވެ. އެ ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކުއްޖާ ގޮވައިގެން ކޯޓަށް ހާޒިރު ނުވެވުނީ ދަތުރު ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އެ ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެކުއްޖާ ހައްޔަރު ކުރި އިރު ބިޑި އަޅުވާފައި ނުވާނެ ކަމަށެވެ. އަދި އެކުއްޖާއާ ދޭތެރޭ ފުލުހުން ކަންތައް ކުރާނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި ފަނޑިޔާރުގެ ނިންމުމަކީ އެހާ ރަނގަޅު ނިންމުމެއް ކަމުގައި ނުދެކޭ ކަމަށެވެ.

ކޯޓު އަމުރަށް އަމަލު ކުރުމުގެ ގޮތުން ފުލުހުން އެ ކުއްޖާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ކުއްޖާ ހައްޔަރު ކުރިކަމުގެ ހަބަރު މީޑިއާތަކަށް އެރުމުން އެ ސަރަހައްދުގެ އިސް ފަނޑިޔާރު ވަނީ އެކަމަށް މައާފަށް އެދިފަ އެވެ. އަދި ހަމަ އެދުވަހު އެކުއްޖާވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް