މުސާރަ ނުދޭތީ ހަމާސްގެ މުވައްޒަފުން ފަލަސްތީނު ސަރުކާރުގެ އޮފީސްތަކުގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މުޒާހަރާގެ ބައިވެރިން ބުނަނީ އެމީހުންނަށް މުސާރަ ނުލިބޭތާ ހަތް މަސްދުވަސް ވެފައިވާކަމަށެވެ. މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި މުސާރަ ދިނުމުން ނޫނީ މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ.
ހަމާސްގެ މުވައްޒަފުންނަށް މުސާރަދޭން ނިންމީ ފަލަސްތީނުގެ މަސްރަހު ހައްލަކަށް އެޅުވުމަށް ހަމާސް ހިމެނޭގޮތަށް އިސްލާމިސްޓް ގްރޫޕްތަކާއި ރައީސް މަހުމޫދު އައްބާސްގެ ފަތަހަ ޖަމާއަތާއެކު ވެފައިވާ އެއްބަސްވުމަކުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުގެ ސަރުކާރުން ވަނީ ހަމާސް ޖަމާއަތުގެ 24000 މުވައްޒަފަކަށް މިދިޔަ އޮކްޓޯބަރު މަހުގައި މުސާރަ ދީފައެވެ. ހަމާސް ޖަމާއަތުން ޑިމާންޑް ކުރަނީ އެއްބަސްވުމުގެ ދަށުން އެމީހުންގެ 50 ހާސް ސިވިލްސާވަންޓުން މުސާރަދޭން ޖެހޭނެ ކަމަށެވެ.
ފަލަސްތީނުގެ ސަރުކާރަކީ ހަމާސް ޖަމާއަތާއި އެގައުމުގެ ރައީސް މަހުމޫދު އައްބާސް ނިސްބަތްވާ ފަތަހަ ޖަމާއަތާ ގުޅިގެން އެކުލަވާލާފައިވާ އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް