އަންނަ އަހަރަށް 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

2024 ވަނަ އަހަރަށް 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ފާސްކޮށްފައިވާ ބަޖެޓަކީ ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ފޮނުވި 49.5 ބިލިޔަން ރުފިޔާ އަށް 30...

13 Dec 2023 | 09:44

2024 ވަނަ އަހަރަށް 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ފާސްކޮށްފައިވާ ބަޖެޓަކީ ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ފޮނުވި 49.5 ބިލިޔަން ރުފިޔާ އަށް 306 މިލިޔަން ރުފިޔާ އިތުރުކޮށް ފާސްކުރި 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަޖެޓު ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި އެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓަށް ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 249 މިލިޔަން ރުފިޔާ އިތުރުކުރިއެވެ. އިތުރަށް 51 މިލިޔަން ރުފިޔާ އިތުރުވެގެން ގޮސްފައިވަނީ ބައެއް އޮފީސްތަކުގެ ބަޖެޓަށެވެ.

މި ބަޖެޓަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ކަމުގައިވީނަމަވެސް މި ބަޖެޓަކީ މައިގަނޑުގޮތެއްގައި ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ފަހު ބަޖެޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސާފު ބަޖެޓެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނީ 2025 ވަނަ އަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް