އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަށް އިތުރު ސްޓޭޓް މިނިސްޓަރަކު އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ލ. ފޮނަދޫ، ހުރާ، އައިޝަތު ޒުހުރުބާނެވެ.
ޒުހުރުބާނަކީ ކުރިން ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސީނިއަރ ލީޑިން ޓީޗަރެއްގެ މަޤާމު އަދާކުރެއްވި އަދި އެ ސްކޫލު ހިންގެވުމާއިވެސް ގިނަ ދުވަސްތަކެއް ވަންދެން ހަވާލުވެ ހުންނެވި ފަރާތެކެވެ.
އެއަށްފަހު ހުރަވީ ސްކޫލުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ޒުހުރުބާން މަސައްކަތް ކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވި މަޤާމަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓެއްގެ މަޤާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް