ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އަންގައިފިއެވެ.
އީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާތީ އެ ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ލިޔުމުން އަންގާފައި ވާކަމަށް އީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އީސީން ބުނީ އެ ގާނޫނުގެ ދަށުން އެ ޕާޓީ އުވާލުމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް