އަފްގާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ހީނަރުވީ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓް އަވަހާރަކޮށްލަން އުޅުމުން

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައީ ދާދި ފަހުން އަފްގާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓެއް ކަމަށްވާ އުބައިދުއްރަހްމާ...

13 Dec 2022 | 18:50

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައީ ދާދި ފަހުން އަފްގާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓެއް ކަމަށްވާ އުބައިދުއްރަހްމާން ނިޒާމާނީއަށް ދިން ހަމަލާއާ ގުޅިގެން ކަމުގައި ބުނެފިއެވެ.

ޕާކިސްތާނުގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ އުބައިދު-ޔޯ-ރަހްމާން ނިޒާމްނީ އަށް ދާދި ފަހުން ކާބުލްގައި ހުންނަ އެމްބަސީގެ ބޭރުގައި ދިން ހަމަލާއާ ގުޅިގެން ދެ ގައުމުގެ މެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފަ އެވެ. ވޮއިސް އޮފް ވިއެނާ އިން ބުނި ގޮތުގައި 2022 ވަނަ އަހަރަކީ ޕާކިސްތާނަށް ވަރަށް ނުރައްކާތެރި އަހަރެއް ކަމަށާއި، އޭގެ ސަބަބުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އެނބުރި އައުމަށް މަގުފަހިވި ކަމަށެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ބިން ހިފުމާ އެކު، އަވަށްޓެރި ޕާކިސްތާނާ އެކު ބޯޑަރު ގައި ހަމަނުޖެހުންތަކެއް ހިނގައި  އެ އަހަރު ނިމުނީ ކާބުލް އެމްބަސީއަށް ދިން ހަމަލާއަކާ އެކު، ދެ ގައުމުގެ ގުޅުން ހުއްޓުމަކަށް ގެނެސްފައެވެ.

ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ އަފްޣާނިސްތާނުގައި ހުންނަ ޕާކިސްތާނުގެ އެންމެ އިސް ޑިޕްލޮމެޓަށް "އަވަހާރަކޮށްލަން" މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މިދިޔަ ހުކުރު ދުވަހު އެމްބަސީގެ ކޮމްޕައުންޑަށް ދިން ހަމަލާގެ އަމާޒަކަށް ވީ މިޝަންގެ ވެރިޔާ އުބައިދު-ޔޯ-ރަހްމާން ނިޒާމްނީ ކަމަށެވެ.

އެމްބަސީގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާދިން މީހާ އެމްބަސީގެ ކޮމްޕައުންޑުގައި "ގެތަކުގެ ކަވަރުގެ ފަހަތުން އައިސް ބަޑިޖަހަން ފެށި" ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ޕާކިސްތާނުގެ ސަރުކާރުން ތާލިބާނުންގެ ސަރަހައްދުން ޓެރަރިސްޓް ހަމަލާތައް ދިނުން ހުއްޓާލުމަށް ގޮވާލާފައި ވަނިކޮށެވެ. އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ބޯޑަރު ހަމަނުޖެހުންތައް އެތައް ގުނައަކަށް އިތުރުވެފައިވއެވެ.

ޕާކިސްތާނުގެ ޕަބްލިކޭޝަނެއް ކަމަށްވާ ޑޯން ނިއުސްޕެޕަރގައި ޕާކިސްތާނުގެ ތަޖުރިބާކާރު ޒާހިދު ހުސައިން ލިޔުއްވާފައިވާ ލިޔުމުގައިވާ ގޮތުން، ޓީޓީޕީ އާއި އިސްލާމިކް މޫވްމަންޓް އޮފް އުޒްބެކިސްތާން (އައިއެމްޔޫ) ފަދަ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ އަފްޣާނިސްތާނު ތާލިބާނުންގެ ފިކުރީ ގުޅުމަކީ ޓެރަރިސްޓް ނެޓްވޯކްތައް އަލުން ދިރުވައި އާލާކުރުމަށް ވަރަށް މުހިންމު ސަބަބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް