އޭޑީކޭ ހޮސްޕިަޓަލުގެ ޚިދުމަތްތަކުގެ އަގުތައް ބޮޑު ކުރަން ނިންމައިފި

ގިނަ ފަރާތްތަކަކުން ޚިދުމަތް ހޯދަމުން އަންނަ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ. އޭޑީކޭ ހޮސްޕިޓަލު...

13 Dec 2022 | 18:18

ގިނަ ފަރާތްތަކަކުން ޚިދުމަތް ހޯދަމުން އަންނަ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ޚިދުމަތުން ނަގަމުން އަންނަ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ.

މިގޮތުން އޭޑީކޭ ހޮސްޕިޓަލު ހިންގުމުގެ ޚަރަދުތައްވެސް އެތައް ގުނައަކަށް ވަނީ ބޮޑުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެހެންކަމުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ބުނީ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށާއި، އެ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު މެއިން ކައުންޓަރުން ސާފުކުރެވެން ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް