ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން ސަލާމަތީ ބާރުތަކާއި މަޝްވަރާކޮށްފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަލާމަތީ ބާރުތަކާއި މަޝްވަރާކޮށްފިއެވެ. އެގޮތުން އީސީން  މިއަދު ބުނީ އިލެކްޝަންސް ކޮމިޝަނު...

13 Dec 2022 | 18:15

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސަލާމަތީ ބާރުތަކާއި މަޝްވަރާކޮށްފިއެވެ.

އެގޮތުން އީސީން  މިއަދު ބުނީ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިޚާބު  2023 ގެ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އީސީން ބުނީ ރިޔާސީ އިންތިޚާބު 2023 އަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަންޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަލަށް އުފެއްދި އެމްއެންޕީގެ އިތުރަށް އެމްޑީއޭ ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައި ވާއިރު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭއިން

ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީއާއި އެމްއެންޕީގެ  ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީއަކަށް ފަހުގައެވެ. އީސީން ބުނީ މި އިންތިޚާބަށް ބަޖެޓުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް